ބޭނުންވާނެ ތަކެތި:
- 1/2 ކިލޯ ބިލަމަގު
- 1/2 1 ލީޓަރު ފެން
- 125ގ ހަކުރު
ހަދާނެ ގޮތް:
- ހަކުރު ފަނި ތައްޔާރުކުރުމަށްޓަކައި 1/2 ލީޓަރު ފެން ކެއްކުމަށްފަހު ހަކުރު އަޅައިގެން އޮލަވަންދެން ކައްކާފައި ހިހޫކުރަން ބަހައްޓާށެވެ.
- ބިލަމަގުތަކުގެ ތަނޑިތައް ނެއްޓުމަށްފަހު ދޮވެލާށެވެ. އަދި ބިލަމަގުތައް މިކްސަރގެ ފަނި ގިރާ ބަޔަށް އަޅައިގެން ގިރާލާފައި ފުރާނާލާށެވެ.
- ގިރާފައިހުރި ބިލަމަގުގެ ކޮންމެ ތައްޓަކަށް އެއްތަށި އައިސްފެން އަޅާލާށެވެ. އަދި ފޮނި ހެޔޮވަރު ވާ ވަރަށް، ކައްކާފައިހުރި ހަކުރުފަނި އަޅާށެވެ.
-- މައުލޫމާތާއި ކަވަ ފޮޓޯ: ޔަމީގްރަފީ