ކޮފީއެއް ދޭން ބުނިތަ؟ އެސްއެމްއެސް އަކުން ވެސް ކޮފީއެއް ހަދިޔާ ކުރެވިދާނެ!

ލަވާޒާ ކޮފީތައްޓެއް: އެސްއެމްއެސް މެދުވެރިކޮށް ކޮފީއެއް ހަދިޔާކުރެވޭ ހިދުމަތެއް އުރީދޫ އިން ވަނީ ތައާރަފުކޮށްފައި

އުރީދޫ އިން މިއަދު ރާއްޖެ އަށް މުޅިން އަލަށް، އެސްއެމްއެސް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާއަށް ކޮފީއެއް ހަދިޔާކުރެވޭ "ޓެކްސްޓް އަ ކޮފީ" ތައާރަފުކޮށްފި އެވެ. އެ ހިދުމަތް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެތަނެއްގައި އަދި ކޮންމެގަޑިއެއްގައި ވެސް ކޮފީއެއް ހަދިޔާކުރެވެ އެވެ.

އުރީދޫ އިން ނެރުނު ބަޔާނެއްގައި ބުނީ ކޮފީއެއް ހަދިޔާކުރުމަށް މެސެޖެއްގައި MobileNumberCoffeeCode ޖެހުމަށް ފަހު 143 އަށް ފޮނުވުމުން، ކޮފީ ލިބިލެއްވި ބޭފުޅާއަށް އެސްއެމްއެސް އަކުން ލިބުނު ހަދިޔާގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހަދިޔާކޮށްފައިވާ ކޮފީ ލިބޭ ކެފޭއަށް ވަޑައިގަނެ، ލިބިފައިވާ އެސްއެމްއެސްގައި ހިމެނޭ "ޓްރާންސެކްޝަން އައިޑީ" ހިއްސާކުރުމުން ކޮފީ ލިބޭނެ އެވެ.

އެ ހިދުމަތް މެދުވެރިކޮށް ހަދިޔާކުރެވޭނެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ހޯދުމަށް މެސެޖެއްގައި MENU ޖެހުމަށް ފަހު 143 އަށް ފޮނުވުމުން ލިބެން ހުރި ޕްރޮޑަކްޓްތަކުގެ އަގާ އެކު ޕްރޮޑަކްޓް ލިބެން ހުރި ތަނުގެ މައުލޫމާތާއި ޕްރޮޑަކްޓް ކޯޑުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

އުރީދޫ އިން ބުނީ މިވަގުތު ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ހަދިޔާކުރެވޭނީ، "ކެފޭއިޔާ" އިން ލިބޭ ލަވާޒާ އެކްސްޕްރެސޯ އަދި ލަވާޒާ ކަޕަޗީނޯ އެވެ. އަދި ހަދިޔާ ލިބޭ ފަރާތައް ލިބިލައްވާ ކޮފީ، ކެފޭއިޔާގެ ކޮންމެ ޕްރޮޑަކްޓަކާވެސް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެހެން ޕްރޮޑަކްޓަކަށް ބަދަލުކުރާ ނަމަ ، ބަދަލުކުރާ ޕްރޮޑަކްޓުގެ އަގުގެ ތަފާތު ދައްކަންޖެހޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. ކޮފީއަށް ނުވަތަ ނަގާ ޕްރޮޑަކްޓަކަށް ފައިސާ ކަނޑާނީ ފޮނުވާ މީހާގެ ޕްރީޕެއިޑް ނަންބަރުންނަމަ އެކައުންޓް ބެލެންސުންނެވެ. ޕޯސްޓެޕެއިޑެއް ނަމަ ބިލުންނެވެ.

އުރީދޫ އިން ޓެކްސްޓް އަ ކޮފީ މެނޫއަށް ކަސްޓަމަރުން ގަޔާވާ ތަފާތު ޕްރޮޑަކްޓްތައް އިތުރުކުރަމުން ގެންދާނެ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އުރީދޫ ކަސްޓަމަރުންނަށް މޮބައިލްފޯނު މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅިތަކުގައި ލިބެންހުންނަ ޕްރޮޑަކްޓްތައް އާއިލާއާއި ރައްޓެހިންނަށް ހަދިޔާކުރެވޭނެ އެވެ.

ޓްކްސްޓް އަ ކޮފީއާ ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް www.ooredoo.mv އިން ލިބޭނެ އެވެ.

comment ކޮމެންޓް