ބޭނުންވާ ތަކެތި:
- 200ގ ޗޮކްލެޓް ބިސްކޯދު (އެ މީހަކަށް ކަމުދާ ވައްތަރެއްގެ)
- 70ގ އަންސޯލްޓެޑް ބަޓަރ
- 10-8 ފެރާރޯ ރޮޝަރ ޗޮކްލެޓް – ވަޅިން ކުދިކޮށް ކޮށާފައި
- 400ގ ކްރީމް ޗީޒް
- 1/2 ޖޯޑު ހަކުރު – ހިމުންކޮށް މުގުރާފައި
- 1 ސައިސަމްސާ ވެނީލާ އެސެންސް
- 500މލ ވެނީލާ އައިސް ކްރީމް
- 1/2 ޖޯޑު ޗޮކްލޭޓް ސޯސް (ބޭނުން ނަމަ)
- 10-8 ފެރާރޯ ރޮޝަރ ޗޮކްލެޓް – ކޭކް މަތީ އެތުރުމަށް
ހަދާނެ ގޮތް:
- ބިސްކޯދުތައް މިކްސަރގެ މުގުރާ ބަޔަށް އެޅުމަށްފަހު ރާޅުކޮށް ހުންނަ ވަރަށް މުގުރާލާށެވެ.
- ކްރަސްޓް ތައްޔާރު ކުރުމަށް، ބަޓަރު ކޮޅު ވިރުވާލުމަށްފަހު މުގުރާފައިހުރި ބިސްކޯދު ތެރެއަށް އަޅާ އެއްކޮށްލާށެވެ. އަދި 8 އިންޗީގެ ވަށް ޓްރޭއެއްގައި ބޭކިން ޕޭޕަރ އެޅުމަށްފަހު ބަޓަރާއި އެއްކޮށްފައި ހުރި ބިސްކޯދުތައް އަޅާ، ފަތުރާލުމަށްފަހު އަތުގެ އިނގިލިތަކުން ރަނގަޅަށް ފިއްތާލައި، އެއްވަރު ކޮށްލާށެވެ. މި ޓްރޭ 30 މިނެޓްވަދެން އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ބަހައްޓާށެވެ.
- ބްލެންޑަރ އެއް ބޭނުންކޮށްގެން ކްރީމް ޗީޒް، ހަކުރު، އަދި އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް އައިސްކްރީމް ވެސް އަޅައި، އެއްކޮށްލުމަށްފަހު ކޮށާފައި ހުރި ޗޮކްލެޓްތައްވެސް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. އަދި ތައްޔާރު ކޮށްފައިހުރި ބިސްކޯދު ކްރަސްޓް ގެތެރެއަށް މި މިކްސްޗަރ އޮއްސާލުމަށްފަހު، މަދުވެގެން 4 ގަޑި އިރުވަންދެން އަނެއްކާވެސް އައިސް އަލަމާރީގައި ބަހައްޓާށެވެ.
- ކެއުމުގެ 10 މިނެޓް ކުރިން އައިސް އަލަމާރިން ކޭކް ނެގުމަށްފަހު މައްޗަށް ޗޮކްލެޓް ސޯސް (ބޭނުން ނަމަ) އަޅާލައި، ފެރާރޯ ރޮޝަރ ޗޮކްލެޓް ބޭނުންކޮށްގެން ކޭކް ރީތި ކޮށްލާށެވެ.
-- މައުލޫމާތު: ޔަމީގްރަފީ