ކޮޕާ އެމެރިކާގެ ތިން ވަނަ ހޮވި މެޗްގައި ޕެރަގުއޭގެ މައްޗަށް 2-0 ލަނޑުގެ ނަތީޖާއކަުން ކުރި ހޯދައި މުބާރަތުގެ ތިން ވަނަ ޕެރޫ ހޯދައިފި އެވެ.
ޗިލީގެ މުނިސިޕަލް ސްޓޭޑިއަމްގައި ރާއައްޖޭ ގަޑިން ފަތިހު 4:30 ގައި ކުޅުނު މެޗްގައި ޕެރޫއިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ މެޗްގެ ދެ ވަނަ ހާފުގައެވެ.
ޕެރޫގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯޗްގަލްގެ ސްޕޯޓިންގެ ފޯވަޑް އެންޑީ މާޓިން ކެރީލޯއެވެ.

ޗިލީގެ އެންޑީ މާޓިން ކެރީލޯ ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު އުފަ ކުރަނީ --- ފޮޓޯ/ އޭޕީ
ޕެރޫއަށް ލިބުނު ކޯނަރު ޕެރަގުއޭގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރުމުން ޕެރޫގެ ކުޅުންތެރިޔަކު ބޮލުން ކުރިއަށް ފޮނުވާލުމުން ޕެރަގުއޭގެ ކުޅުންތެރިޔަކު ދިފާއުކޮށް ފޮނުވާލި ބޯޅަ ކެރީލޯ ފޮނުވައިލީ ޕެނަލްޓީ އޭރިއާ ރޮނގު މަތީގައި ހުރެފައެވެ.
ޕެރޫގެ ދެ ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓް ކޮޅުގައި ޖޯލް ސަންޗޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޖޯސޭ ޕައޯލޯއެވެ.

ރޭ ގެ މެޗްގައި ލަނޑު ޖެހުަމަށްފަހު ޕެރޫގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އެޕީ
ކޮޕާ އެމެރިކާ 14 ފަހަރު ކާމިޔަބުކޮށްފައިވާ އާޖެންޓީނާ އާ ދެކޮޅަށް މި މުބާރާތުގެ ފައިނަލް މެޗްގައި ނިކުންނާނީ މުބާރަތް ބާއްވާ ގައުމު ޗިލީއެވެ.
ޗިލިގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅޭ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.