ޤައްޒާފީ ހުންނެވީ ލީބިޔާގެ ހުރިހާ ރައްޔިތުން މަރުވެ މުޅި ލީބިޔާ ލޭގެ ކޯރަކަށް ޣަރަޤުވާ ހިސާބަށް ދިޔަނަމަވެސް ވެރިކަން ދުކޮށްލައްވާ ގޮތަށް ނޫން: ގައްޒާފީގެ ގާތް މީހެއް

ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އާއި އޭނާގެ ދަރިން ތިއްބެވީ ލީބިޔާގެ ހުރިހާ ރައްޔިތުން މަރުވެ މުޅި ލީބިޔާ ލޭގެ ކޯރަކަށް ޣަރަޤުވެގެން ދިޔަނަމަވެސް ވެރިކަން ދުކޮށްލައްވާ ގޮތަށް ނޫންކަމަށް ގައްޒާފީއާ ވަރަށް އަރިސް ފަރާތަކުން ހާމަކޮށްފިއެވެ.

ގައްޒާފީގެ ޚުދުމުޚްތާރު ނިޒާމުގެ މައިބަދަކަމަށްވާ އައްލިޖާނުއްޘަވްރިއްޔާގެ އިސްމަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ލީބިޔާގެ ރައްޔިތުން ގައްޒާފީއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއި ބައިނަލްއަޤްވާމީ މުޖްތަމަޢުން ގައްޒާފީއާ ދެކޮޅަށް ކުރިމަތިކުރަމުން ގެންދާފިއްތުންތަކާއެކުވެސް ވެރިކަމުގައި ދެމިހުންނެވުމަށް ގައްޒާފީއާއި އޭނާގެ ދަރިން ވަނީ ވަރަށް ބިރުވެރި ސިނާރިޔޯތަކެއް ރާއްވަވާފަ އެވެ.

ނަންހާމަކުރަންނޭދޭ ލީބިޔާގެ މި މަސްއޫލުވެރިޔާއަކީ ގައްޒާފީއާ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނެވި ބޭފުޅެއް ނަމަވެސް މިމަސްއޫލުވެރިޔާވެސްވަނީ ގައްޒާފީގެ ވެރިކަންވައްޓާލަން މަސައްކަތްކުރާ ރައްޔިތުންނަށް ސިއްރިޔާތުގައި ތާއީދުކުރައްވާކަން އެޖެންސީ ފްރާންސް ޕްރެސްއަށް ހާމަކުރައްވާފައެވެ.

ލީބިޔާގެ މިމަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ލީބިޔާގެ ބޮޑުބައެއް ގައްޒާފީގެ އަތްދަށުންބީވެ ގައްޒާފީއާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން ހަނގުރާމަ ފަށާފައިވީ ނަމަވެސް ގައްޒާފީގެ ވެރިކަން ވައްޓާލުމަކީ މާއަަވަހަކަށް ކުރެވޭނެ ކަމެއްނޫނެވެ.
ލީބިޔާގެ ރައްޔިތުންނާ އަދި ބައިނަލްއަޤްވާމީ މުޖްތަމަޢާ ދެކޮޅަށް ދިގުމުއްދަތަކަށް ވެރިކަމުގައި ދެމިހުންނެވުމަށް ބޭނުންވާ ފައިސާއާއި ހަތިޔާރާއި ކުލީ ސިފައިންނާ އަދި ލޮޖިސްޓިކް ވަސީލަތްތައް ގައްޒާފީއާއި އޭނާގެ ދަރިންގެ އަތުގައި އެބަހުރިކަމަށް ވެސް ލީބިޔާގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ލިބިޔާގެ ރައްތަކުގެ ތެރޭން ގައްޒާފީގެ ކޮންޓަރޯލް މިހާރުއޮތީ ވެރިރަށް ޓްރިޕޮލީއާއި އިރުމަތީގެ ރަށެއްކަމަށްވާ ސިރްތު އާއި ދެކުނުގެ ބޮޑު ރަށެއްކަމަށްވާ ސަބްހާ އެވެ. މީގެތެރެއިން ސިރްތުއާއި ސަބްހާއަކީ ގައްޒާފީގެ ޤަބީލާގެ މީހުން ނިސްބަތްވާ ދެރަށެވެ. މިއީ ސިޓީފެންވަރަށް ތަރައްޤީވެފައިވާ ދެރަށެވެ.

ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި ގައްޒާފީއާއި އޭނާގެ ބައެއް ދަރިންނާއި އަޢުވާނުންގެ ތެރެއިން 10 މީހެއްގެ ތަހްޤީޤްތައް ފެށުނުކަން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުއިސް އޮކަމްބޯ މިދިޔަ ބުރާސްފަތިދުވަހު ވަނީ އިޢްލާންކުރައްވާފައެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު