ދަނޑު ގޮވާން ކުރުމަށް ބިން ކުއްޔައް ދީގެން ތޮއްޑޫ ކައުންސިލަށް އަހަރެއްގެ މައްޗަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް ވިދާޅުވީ ކައުންސިިލަށް އާމްދަނީ ހޯދުމަށް އެ ރަށުގައި އޮތް ހަމައެކަނި ވަސީލަތަކީ އެއީ ކަމަށެވެ.
"އަޅުގަނޑުމެންނަށް އާމްދަނީ ހޯދޭނެ ހަމައެކަނި ވަސީލަތަކަށް ތޮއްޑޫގައި އޮތީ ރަށު ބިން ކުއްޔަށް ދިނުން. ޢެގޮތުން ކޮންމެ އަހަރަކު ވެސް ވަކި ސަރަހައްދެއް ދޫކޮށްގެން އަޅުގަނޑުމެން އާމްދަނީ ހޯދަން،" ޙަސަން އިބްރާހިމް ވިދާޅުވި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް މީޑީއާއަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯއޭނާ ވިދާޅުވީ އެރަށު "ގޮއި ބިމުން" ބޮޑު ސަރަހައްދެއް ކިންމެ އަހަރަކު ވެސް ރަށުން އެކަމަށް އެދޭ ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކަމަށެވެ.
ތޮއްޑު އަކީ މިހާރު ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށަކަށްވާއިރު، ރަށުގައި ހުރި ގެސްޓްހައުސްތަކަށް އެރަށު އަތިރިމަތިން "ޕްރައިވެޓް ބީޗް އޭރިއާއެއް" ކަނޑައަޅައި އަންނަ އަހަރުން އެ ބިމަށް ކުލީގެ ގޮތުގައި ފައިސާ ނަގާނެ ކަމަށެވެ.