މީރާ އާއި ފިނޭންސް ކައިރީގައި ބީއެމްއެލްގެ ހަތަރު އޭޓީއެމް ބަހައްޓައިފި

ބީއެލްއެލް އިން އަލަށް ބެހެއްޓި އޭޓީއެމްތައް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމީނީމަގު ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ކައިރީގައި ސެލްފްސާވިސް ހަތަރު އޭޓީއެމް ބަހައްޓައިފި އެވެ.

އެ އޭޓީއެމްތައް ބޭނުން ކުރުން އާންމުނަށް ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޭޓީއެމްތައް ރަސްމީކޮށް ހުޅުވައި ދެއްވީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރެވެ.

ބީއެމްއެލް އިން އަލަށް ބަހައްޓާފައި ވަނީ، ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްއަކާއި ޗެކް ޖަމާކުރުމާއި ފައިސާ ނެގުމަށް އޭޓީއެމްއަކާއި ސިޓީ އުރާގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށް އޭޓީއެމްއަކާއި، ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްއެކެވެ.

މީރާ ކައިރީގައި ހުރިން ބަހައްޓާފައި ހުރީ ދެ އޭޓީއެމެވެ. އެ އޭޓީއެމްތަކަކީ އާންމުކޮށް ރަސްމީ ދުވަސްތަކުގައި ބާރުބޮޑުވާ އޭޓީއެމްތަކެވެ. ނަމަވެސް އެތަނުގައި އިތުރަށް އޭޓީއެމް ބެހެއްޓުމުން އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ.

އަލަށް ބެހެއްޓި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް ބެހެއްޓި އޭޓީއެމްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެލްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެ އޭޓީއެމްގެ ސަބަބުން ބީއެމްއެލްގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަން ލިބި، ބޭންކުގެ ކިއުތަކުގައި ނުޖެހި ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ދުވަހަކަށް ފަހު ދުވަހެއް އަޅުގަނޑުމެންގެ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުން،" އެންޑްރޫ ވިދާޅުވި އެވެ.

އަލަށް ބެހެއްޓި އޭޓީއެމަކުން ހިދުމަތް ހޯދަނީ-- ސަން ފޮޓޯ ފަޔާޒު މޫސާ

comment ކޮމެންޓް