މެމްބަރު އަސްމާގެ ދަރިކަނބަލުންނަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި

އާމިނަތު ހުސައިން ޝަރީފް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނައިބު ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިކަނބަލުން އާމިނަތު ހުސައިން ޝަރީފް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފްގެ ކޮއްކޮ އާމިނަތު ހުސައިން ޝަރީފް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.

މާލޭގައި ހުންނަ އދ. ގެ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި އާމިނަތު ހުސައިން ޝަރީފަކީ ސައިކޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ސައިކިއަޓްރިކް ރިސާޗުގެ ދާއިރާ އިން ޔުނިވަސިޓީ އޮފް ލަންޑަނުން މާސްޓާޒް ނަންގަވާފައިވާ ބޭފުޅެކެވެ.

އާމިނަތު ހުސައިން ޝަރީފް ވަނީ އިޖުތިމާއީ ރައްކާތެރިކަމާއި އާއިލީ ހަރުދަނާކަމާ ބެހޭ، އިނގިރޭސިވިލާތުގެ އަމިއްލަ ޖަމިއްޔާއެއްގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފައެވެ.

comment ކޮމެންޓް