ކަލަބޭންކް އާއި އޭސް ހާޑްވެއާއިން އާކްއަށް 20،000 ރުފިޔާ ހަދިޔާ ކޮށްފި

މިއަދު ކަލަބޭންކްގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އޭސް ހާޑްވެއާ އާއި ކަލަބޭންކް ގުޅިގެން އެޑްވޮކޭޓިން ރައިޓްސް ފޮ ޗިލްޑްރެން (އާކް)އަށް 20،000 ރުފިޔާ ފައިސާ ހަދިޔާ ކޮށްފިއެވެ.

ކަލަބޭންކްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަލަބޭންކްގެ ފަރާތުން އެ ފައިސާ ހަވާލު ކޮށްދެއްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހާނީ އެވެ. އަދި އާކްގެ ފަރާތުން އެ ފައިސާ އާ ހަވާލު ވެފައިވަނީ އެ އޯގަނައިޒޭޝަންގެ އެގްޒެކިއުޓިވް ޑިރެކްޓަރު ޒެނީޝާ ޒަކީއެވެ.

މިއަދު ކަލަބޭންކްގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒެނީޝާ ވިދާޅުވީ އާކްއަށް އެފަދަ ޑޮނޭޝަންތައް ކޮށްދިނުމުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މިހާރުވެސް ކުރަމުން އަންނަ މަސައްކަތްތަކަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ.

އެގޮތުން މިއަދު ހަދިޔާ ކުރި ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ އާކްގެ "ހޯޕް" ކެމްޕެއިނަށް ކަމަށް ޒެނީޝާ ވިދާޅުވިއެވެ. ހޯޕް ކެމްޕެއިން އަކީ މާލެއާއި އަތޮޅުތެރޭގެ ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގުމަށް 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

މިއަދު ކަލަބޭންކްގައި އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ހާނީ ވިދާޅުވީ ކަލަބޭންކް އާއި އޭސް އިން މަސައްކަތް ކުރަނީ އިޖުތިމާއީ ގޮތުން ފަރާތްތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ކަމަށާއި އާކް އަކީ ތުއްތު ކުދިންގެ ހައްގުތައް ދިފާއު ކުރުމަށް މަސައްކަތް ކުރާތަނަކަށް ވުމުން އެތަނަށް މިއަދު އެހީ ފޯރު ކޮށްދީފައިވާ ކަމަށެވެ.

comment ކޮމެންޓް