ޖަރުމަންގެ ބުންޑެސް ލީގާގެ ކުލަބު ޝާލްކޭގެ ކޯޗްކަމުން ރޮބާޓޯ ޑި މަޓިއޯ ވަކިވެއްޖެ އެވެ.
ޗެލްސީއަށް 2012 ވަނަ އަހަރު ޔޫއެފްއާ ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗް، ޝާލްކޭގެ ކޯޗްކަމުން ވަކިވީ އޭނާ ވަކިކޮށްފި ކަމުގެ ވާހަކަތައް ޖަރުމަންގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރިތާ ދެދުވަސް ފަހުންނެވެ.
ޑި މަޓިއޯ ޝާލްކޭގެ ކޯޗްކަމާ ހަވާލުވީ 2014 ވަނަ އަހަރު އޮކްޓޯބަރު މަހު ޝާލްކޭގެ އޭރުގެ ކޯޗް ޖެންސް ކެލަރ ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ ވަކި ކުރުމަށްފަހުގައެވެ.
ޑި މަޓިއޯގެ ކޯޗްކަމުގެ ދަށުން ޝަލްކޭ ވަނީ ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއަލް މެޑްރިޑާ ދެކޮޅަށް ރަނގަޅު ފައިޓެއް ދީފައެވެ. އެގޮތުން ދެ ވަނަ ބުރުގައި ރެއާލްގެ ދަނޑުގައި ޝާލްކޭ ވަނީ 4-3 ގެ ނަތީޖާއަކުން ރެއާލް ބަކިކޮށްފައެވެ.
ޑި މަޓިއޯ ވަކި ކުރާ ވާހަކަ ޖަރުމަންގެ މީޑިއާތަކުގައި ފެތުރިފައިވަނީ ބުންޑެސްލީގާގައި ޝާލްކޭ ހޯދި ދަށް ނަތީޖާތަކާ ގުޅިގެންނެވެ. އެޓީމް ލީގް ނިންމާލީ ތާވަލްގެ ހަ ވަނައިގައެވެ. މިނަތީޖާގެ ސަބަބުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލިގަށްވެސް ޝާލްކޭ ކޮލިފައި ވެފައެއް ނުވެއެވެ.