ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ޑޮކްޓަރުގެ ރިކަމަންޑޭޝަނަށް ބެލުމަށްފަހު ރާއްޖޭން ބޭރަށް ދާން އީސަ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާ އަށްފަހު އީސަ ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި މައިބަދައަށް ފަރުވާ ކުރައްވަމުންނެވެ. ނަމަވެސް އޭނާގެ މައިބަދައަށް ގެއްލުންވެފައިވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.