ސްކައިޑައިވްގެ ޓެސްޓު ރައުންޑު ފަސްކޮށްފި

މިނިވަން 50 އާ ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތުގެ ތެރެއިން --- ފޮޓޯ އެމްބީސީ

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ކުޅިވަރުތަކުގެ ތެރެއިން ސްކައިޑައިވްއަށް ދިވެހީން ތަމްރީނުކުރަން އައި މެލޭޝިޔާގެ ސްޕެޝަލިސްޓުން ބާއްވާ ޓެސްޓު ރައުންޑު ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ، ދިވެހީން ތަމްރީނު ކުރުމުގެ ކުރިން މެލޭޝިޔާގެ ސްޕެޝަލިސްޓުން ޓެސްޓު ރައުންޑަކަށް ފުންމާލުން ކުރިން ހަމަޖައްސާފައި ވަނީ މާދަމާ ހަވީރު މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ. ނަމަވެސް ޓެކްނިކަލް ބައެއް ކަންކަން ހަމަނުޖެހޭތީ މިމަހުގެ 25 ވަނަ ދުވަހަށް ޓެސްޓު ރައުންޑު ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ޒުވާނުން ހުށަހަޅައިދޭ ސްކައިޑައިވް ކުޅިވަރު އޮންނާނީ އަންނަ ޖުލައި މަހުގެ 26، 27، 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް