އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހު ކޮށްފި

'އިސްމެހެލަ ހެރަ' ޕްރޮޖެކްޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:އަސްރުމާ

އައްޑޫގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވީ މިރޭ ހޮޓެލްޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބަދުލް ގައްޔޫމު އެވެ.

މި ޕްރޮޖެކްޓުގެ މަގުސަދަކީ ގިނަ ބަޔަކަށް ވަޒީފާގެ ފުުރުސަތު ހޯދައި ދިނުމާއި މި ޕްރޮޖެކްޓާއި ގުޅިގެން އައްޑޫގެ އެހެނިހެން ޚިދުމަތްތައް ވެސް ތަރައްގީ ކުރުމެވެ. މި ޕްރޮޖެކްޓްގެ ސަބަބުން 1800 ވަޒީފާ އުފެދޭނެ ކަަމަށް މި ރަސްމިއްޔާތުގައި ވަނީ އިއުލާންކޮށްފައެވެ. މިއީ 600 އެނދުގެ ގެސްޓްހައުސް ޕްރޮޖެކްޓެކެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްގީކުުރަން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަނީ ލ. އަތޮޅުގެ ތުނބުރީގައި ވެސް ގެސްޓް ހައުސް ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން 150،000 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް