ކްރިކެޓް ލީގުގެ އުމުރު ފުރާތަކުން ޗެމްޕިއަންކަން ތާޖުއްދީނާއި މަޖީދިއްޔާއަށް

ކްރިކެޓް ބޯޑުން ކުރިއަށް ގެންދިޔަ އިންޓާ ސްކޫލް ކުރިކެޓް މުބާރާތުގެ އެކި ޢުމުރު ފުރާތަކުން ކުޅުނުފައިނަލް މެޗްތަކުގެ ތެރެއިން --- ފޮޓޯ މޯލްޑިވްސް ކްރިކެޓް ބޯޑް

ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ބޭއްވި މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގުގެ ދެޢުމުރު ފުރާއަކުން ތާޖުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދިއިރު 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދައިފިއެވެ.

އިއްޔެ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ތާޖުއްދީން ޗެމްޕިއަންކަން ހޯދީ 14 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އުމުރު ފުރާއިންނެވެ. 16 އަހަރުން ދަށުގެ އުމުރު ފުރާގެ ޗެމްޕިއަންކަން މަޖީދިއްޔާ ހޯދިއިރު އެ އުމުރުފުރައިގެ ފައިނަލްގައި އެޓީމާ ވާދަކުރީ ތާޖުއްދީންއެވެ. އެހެންކަމުން ތާޖުއްދީން ވަނީ، މިމުބާރާތުގައި ވާދަކުރި ހުރިހާ ޢުމުރު ފުރާއިންވެސް ފައިނަލް ކުޅެފައެވެ.

ކްރިކެޓް ބޯޑުން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް ކުރިކެޓް މުބާރާތުގެ އެކި ޢުމުރު ފުރާތަކުން ކުޅުނުފައިނަލް މެޗްތަކުގެ ތެރެއިން --- ފޮޓޯ މޯލްޑިވްސް ކްރިކެޓް ބޯޑް

ތާޖުއްދީނުން މުބާރާތުގެ 14 އަހަރުން ދަށާއި 12 އަހަރުން ދަށުގެ ޢުމުރު ފުރައިގެ ޗެމްޕިއަންކަން ހޯދީ ވިލިމާލޭ މުހިއްޔުއްދީން ސުކޫލް ބަލި ކުރުމަށްފަހުގައެވެ.

މުބާރާތް ނިމުމުން ވަނީ ޗެމްޕިއަން ޓީމްތަކާއި ވަނަ ވަނައަށް ދިޔަ ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމު ދިފައެވެ. މިމުބާރާތުގައި ކޮންމެ ޢުމުރު ފުރާއަކުންވެސް ވަނީ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާފައެވެ.

ކްރިކެޓް ބޯޑުން ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް ކުރިކެޓް މުބާރާތުގެ އެކި ޢުމުރު ފުރާތަކުން ކުޅުނުފައިނަލް މެޗްތަކުގެ ތެރެއިން --- ފޮޓޯ މޯލްޑިވްސް ކްރިކެޓް ބޯޑް

comment ކޮމެންޓް