އަމީނިއްޔާގެ ޕްރިންސިޕަލް ވަޒީފާއިން ވަކިކޮށްފި

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާތިޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު އާއި އެ ސްކޫލްގެ ދަރިވަރުންތަކަކާ އެކު ----- ފޮޓޯ/ އަމީނިއްޔާ ފޭސްބްކު ޕޭޖު

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާތިޔާ ނަސީރު ވަޒީފާއިން ވަކިކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާތިޔާއަށް ފޮނުވި "ވަޒީފާއިން ވަކިކުރި ޗިޓު" ގައިވާގޮތުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ، އިތުރަށް އޭނާ އަމީނިއްޔާ ސްކޫލްގައި ބަހައްޓައިފިނަމަ އިތުރުގެއްލުންތަކެއް އެ ސްކޫލަށް ލިބިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފެންނާތީ އެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ސިވިލް ސާވިސް ގަވާއިދުގެ 273 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ) ގެ ތިން ވަނަ ނަންބަރުގެ ދަށުންނެވެ.

އިއްޔެ މަގާމުން ވަކިކުރި އާތިޔާ އެ ސްކޫލްގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގަތީ 2011 ވަނަ އަހަރު އެވެ.

comment ކޮމެންޓް