ސްޓެފަން ކިންގްގެ "ދަ ޑާކް ޓަވަރ" ބޮޑު ސްކްރީނަށް އަންނަނީ

ވާހަކަ ލިޔުންތެރިޔާ ސްޓެފެން ކިންގްގެ މަޝްހޫރު ވާހަކަ ސީރީޒް ފްރެންޗައިސް "ދަ ޑާކް ޓަވަރ"، ފިލްމް ސީރީޒަކަށް ހެދުމަށް ނިންމައިފިއެވެ.

މަޝްހޫރު، ބިރުވެރި-ފެންޓަސީ ވާހަކަ ސީރީޒް ފިލްމަކަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު އޭގެ މަސައްކަތް ކުރުމަށް ސޮނީ ޕިކްޗާސްއިން މަސައްކަތް ކުރާ ކަމަށް އެމްޕަޔާ އޮންލައިން އިން ވަނީ ބުނެފައެވެ.

ވާހަކަ ސީރީޒްގެ އަށް ފޮތް ހިމެނޭއިރު މިހާރު އެ ސީރީޒްގެ ފުރަތަމަ ފޮތް "ދަ ގަންސްލިންގާ"ގެ މަސައްކަތް ކުރުމަށް ތައްޔާރު ވަމުން ދާއިރު ކޮންމެ ފޮތަކަށް ވަކި ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް އެމްޕަޔާ އޮންލައިންގައި ވެއެވެ. ފިލްމުތަކުގެ އިތުރުން ކޮމްޕްލިމެންޓްރީ ސީރީޒެއް ވެސް ތައްޔާރު ކުރުމުގެ ހިޔާލު ކުންފުނިތަކުން ގެންގުޅޭ ކަމަށް އެމްޕަޔާ އޮންލައިން އިން ވަނީ ބުނެފައެވެ.

ޑާކް ޓަވާގެ ފިލްމުގެ ވާހަކަ ސްކްރިޕްޓު ލިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ލިޔަނީ "އައި އެމް ލެޖެންޑް" ކޯރައިޓް ކުރި އަކީވާ ގޯލްޑްސްމަން އާއި "ދަ އެމޭޒިން ސްޕައިޑަމޭން 2"ގެ ކޯރައިޓާ ޖެފް ޕިންކްނާއެވެ.

ސްޓެފެން ކިންގް ބުނީ އެ ވާހަކަ ސީރީޒްގެ ފިލްމް ހަދަން ނިންމާފައިވުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށާއި ފިލްމުތަކަށް ބަދަލުކުރުމަށް ނިންމުމަކީ ވަރަށް މޮޅު ގޮތެއް ކަމަށެވެ.

ޑާކް ޓަވަރުގެ ފިލްމު ހެދުމަށް ކުރިން ވެސް ވަނީ ބަޔަކު މަސައްކަތް ކޮށްފައެވެ. ނަމަވެސް ދިމާވި އެކި ކަހަލަ ކަންތައްތަކާ ގުޅިގެން އެ ފިލްމު މިހާތަނަށް އަދި އުފެއްދިފައެއް ނުވެއެވެ.

comment ކޮމެންޓް