ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން މަހުގެ 13 ވަނަ ދުވަހު

މ. ދިއްގަރު --- ފޮޓޯ/ ޕެނޮރޭމިއާ. ކޮމް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާންގައި ވަނީ އެ ބައި އިލެކްޝަންގައި ވާދަކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަމަށެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ހުށަހަޅަންޖެހޭ ފޯމް އަންނަ ބުދަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 3:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ލިބޭނެ ކަމަށް އެ އިއުލާންގައި ވެއެވެ.

ސަރުކާރު ރަސްމީ ބަންދު ދުވަހު ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށް ކަމަށް ވެސް އެ އިއުލާންގައި ވެއެވެ.

ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި މިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު