ކަރަންޓް ސަބްސިޑީއަށް އެދުމަށް އެއް މަސް އިތުރުކޮށްފި

ކަރަންޓު ސަބްސިޑީ ފޯމު ހުށަހެޅުމަށް ވެލާނާގެ ކައިރީގައި ކިއު ހަދާފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓް ސަބްސިޑީއަށް އެދުމަށް އެއް މަސް ދުވަސް އިކޮނަމިކް ކައުންސިލުން އިތުރުކޮށްފި އެވެ.

ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އިސް ބޭފުޅުންނާއެކު އިކޮނަމިކް ކައުންސިލުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ގޮތުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓް ސަބްސިޑީއަށް އެދެވޭނެ އެވެ.

ކަރަންޓް ސަބްސިޑީއަށް އެދުމުގެ މުއްދަތު މިއަދު އިތުރުކޮށްފައިވާއިރު، ސަރުކާރުން ކުރިން ނިންމާފައިވާ ގޮތުން އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ މޭޒުތައް ކައިރީގައި ކަރަންޓު ސަބްސިޑީ ރަޖިސްޓްރީ ކުރަން ފޯމު ހުށަހަޅަން މިއަދު ވަނީ ގިނަ ބަޔަކު ކިޔޫޖެހިފައެވެ.

އެންސްޕާއިން ބުނީ ކަރަންޓް ސަބްސިޑީއަށް އެދުމުގެ ފުރުސަތު މިފަހުން ހުޅުވާލީ ކަރަންޓް ސަބްސިޑީ ނުދިނުމަށް ނޫން ކަމަށާއި އޭގެ މަގުސަދަކީ ހަރުދަނާ ގޮތުގައި ސަބްސިޑީ ދިނުން ކަމަށެވެ. އަދި މާލެ އާއި އަތޮޅުތެރޭގައި ސަބްސިޑީއަށް ކުރިން ފޯމު ނުލާ ފަރާތްތައް އެބަތިބި ކަމަށާއި އަލުން ސަބްސިޑީއަށް ހުޅުވުމަކީ އެ ފަރާތްތަކަށް ވެސް ލިބޭ ފުރުސަތެއް ކަމަށް އެންސްޕާއިން ވަނީ ބުނެފައި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު