ވިލާގެ އެކައުންޓުތައް ފްރީޒްކޮށްފިނަމަ 5000 އަށް ވުރެ ގިނަ މުވައްޒަފުން ހާލުގައި ޖެހޭނެ: ގާސިމް

ގާސިމް އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ---- ސަން ފައިލް ފޮޓޯ

ވިލާ ގްރޫޕްގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނާ 100 މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން އެކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފިނަމަ ވިލާގެ ދަށުން މަސައްކަތް ކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ހާލުގައި ޖެހޭނެ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ވިލާ ގްރޫޕުން މީރާއާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާސިމް ވިދާޅުވީ ދައުލަތާއެކު ހަދާފައިވާ ސެޓެލްމެންޓް އެގްރިމެންޓާއި އެމެންޑެޑް އެންޑް ރީސްސްޓޭޓެޑް ލީސް އެގްރިމެންޓް ބާތިލުވި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އެމަނިކުފާނު ގަބޫލު ނުކުރާ ކަމަށެވެ.
މީރާއިން ވިލާ ގްރޫޕަށް ފޮނުވި ނޯޓިސްގައި ވަނީ 30 ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދައްކައި ޚަލާސްކުރުމަށެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ ވިލާގެ އެކައުންޓުތައް ފްރީޒް ކުރުމަށް މީރާ އިން ވަނީ ނިންމާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު