އީސީގެ މެމްބަރު ކަމަށް އަކުރަމް އައްޔަން ކޮށްފި

އަކަރަމް ހުވާ ކުރެއްވުމަށްފަހު ރައީސް އާއި ބައްދަލު ކުރައްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ހދ. މަކުނުދޫ، ޑައިމަންޑްވިލާ، އަހްމަދު އަކްރަމް އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުގައި ހެނދުނު އޮތް ރަސްމިއްޔާތެއްގައި އަކްރަން ވަނީ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައިފަ އެވެ.

އަކުރަމަށް ރުހުންދޭން މަޖިލީހުން ފާސްކުރި އިރު އޭނާގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ވެސް ވަނީ އަކުރަމަށް ރުހުން ދޭން ނިންމާފައި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކުރަމް އައްޔަން ކުރަން ފެންނަ ކަމަށް ރުހުން ދީފައި ވަނީ 53 މެމްބަރުންގެ ވޯޓުން ނެވެ.

އޭނާ އަކީ މީގެކުރިން އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު