ސިޔާސީ ބޭނުމަށް މިސްކިތްތަކާއި ވަށައިގެންވާ ސަރަހައްދު ބޭނުން ކުރުން ހުއްޓުވަން ޖެހޭ: އުމަރު

މިސްކިތްތަކާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދަކީ ސިޔާސީ ބަޔާންތައް ނެރުމަށް ހުންނަ ތަންތަން ނޫންކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެޖެ އެވެ.

ވޭތުވެ ދިޔަ ހަފްތާގެ ހުކުރުދުވަހާއި މިއަދުގެ ހުކުރު ނަމާދަށް ފަހު އެމްޑީޕީއަށް ސަޕޯޓު ކުރާ ގިނަ އަދަދެއްގެ މީހުން އިސްލާމީ މަރުކަޒު ކައިރި ފަސްގަނޑަށް އެއްވުމާ ގުޅިގެން އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތަކާއި ވަށައިގެންވާ ސަރަހައްދުތައް ސިޔާސީ ބޭނުމަށް ނުވަތަ ސިޔާސީ ބަޔާން ނެރުމަށް ބޭނުން ނުކުރެވޭނެ ކަމަށާއި، ފުލުހުން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.


ހުކުރު ނަމާދު ނިންމުމަށް ފަހު ވޭތުވެ ދިޔަ ހަފްތާ އާއި މިއަދުވެސް ގިނަ އަދަދެއްގެ މެންބަރުން އިސްލާމީ މަރުކަޒާއި ސިފައިގެއާއި ދެމެދު އޮންނަ ދޮންވެލި ފަސްގަނޑަށް އެއްވެ ދުއާކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު