މިއަދު ބާއްވަން ތާވަލްކުރި މެމްބަރު ނާޒިމްގެ ޝަރީއަތްތައް ކެންސަލް ކޮށްފި

މިއަދު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ ޝަރީއަތްތައް ކެންސަލް ކޮށްފި އެވެ.

މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރާ ހަމައަށް ތާވަލްކޮށްފައިވާ ނަޒިމްގެ ހަތަރު މައްސަލައިގެ އަޑުއެހުންތައް ކެންސަލްކުރީ ކީއްވެކަމެއް ސުޕްރީމް ކޯޓުން ހަމާކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވިކަން އިއުލާން ކުރައްވާފަ އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ސަރުކާރުގެ ފައިސާ އިން މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާގައި ވެސް ކްރިމިނަލް ކޯޓާއި ހައިކޯޓުން ވެސް ހުކުމް ކޮށްފައި ވަނީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު