ކުރީގެ މެމްބަރު އިބްރާހީމް ރަޝީދުގެ ފޯނު ފުލުހުން އަތުލައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދުގެ ފޯނު ފުލުހުން އަތުލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިބްރާހީމް ރަޝީދުގެ ފޯނު އަތުލާފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ދޯންޏެއްގައި އިތުރު ބަޔަކާއެކު ދޫނިދޫ ކައިރިއަށް ގޮސް ކަނޑުމަތީގައި ކުރި މުޒާހަރާއާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

އިބްރާހިމް ރަޝީދު އިސްކޮށް ހުންވައިގެން ދޯންޏެއްގައި އިތުރު ބަޔަކު ގޮވައިގެން ގޮސް، ދޫނިދޫ އަށް އަރަން މަސައްކަތްކޮށް، އަޑުގަދަކުރާ ބޭނުންކޮށްގެން ފުލުހުންނަށް ތަފާތު އިންޒާރު ދީފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު