މުޒާހަރާއަށް ނުދިއުމަށް އެއްބަސް ނުވުމުން މެމްބަރު ފައްޔާޒުގެ ބަންދަށް 15 ދުވަސް ޖަހައިފި

މުޒާހަރާއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތައް އެއްބަސްނުވުމުން ލ. ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި "އިންޒާރު"ގެ ނަމުގައި އެމްޑީޕީން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރު ކުރި 25 މީހުންނާއެކު ފައްޔާޒު ކޯޓަށް ގެންދިއުމުން އޭނާގެ މައްޗަށް ކޯޓުން ޝަރުތު ކުރީ 60 ދުވަސް ވަންދެން މުޒާހަރާތަކުގައި ބައިވެރި ނުވުމަށެވެ. ކޯޓުން ކުރި ޝަރުތަށް އިންކާރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށް، ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި އޭނާ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ރޭގެ މުޒާހަރާގައި ހައްޔަރު ކުރި 22 މީހަކު ކޯޓުން މިއަދު ވަނީ ދޫކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ވެސް ހިމެނެ އެވެ.

ކޯޓުން ބަންދުގެ މުއްދަތު އިތުރު ކުރީ ރޭގެ މުޒާހަރާއިން ހައްޔަރު ކުރި 25 މީހުންގެ ތެރެއިން ތިން މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު