ޖުމްހޫރިޕާޓީ އަދި އެމްޑީޕީ ގުޅިގެން "ގާނޫނުއަސާސީގެ ހިމާޔަތުގައި" ކަމަށް ބުނެ ހުކުރު ދުވަހު މާލޭގެ މަގުތަކުގައި ކުރިއަށް ދިޔަ ބޮޑު އެއްވުމަށް އިޝާރާތްކުރައްވައި މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ހުރަހަކާ ނުލައި އިދިކޮޅު ފަރާތްތަކުން މަގުތަކުގައި އެއްވެ އުޅުމުގެ މިނިވަންކަން ސަރުކާރުން ވަނީ ދީފައިކަމަށާއި، އެކަމަށްޓަކައި "ރައީސަށް ޝުކުރު ދަންނަވަން" ކަމަށެވެ.
Govt gave full freedom to opposition to protest on the streets in large numbers without hindrance. Democracy at work! Thank u President.
— Maumoon Abdul Gayoom (@maumoonagayoom) March 1, 2015ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުން ދޫކޮށްލުމަށް ގޮވާލައި މިދިއަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެތަށް ހާސް ބަޔަކު ވަނީ ބައިވެރިވެ އަޑުއުފުލާފަ އެވެ. އަދި ހިނގާލުމުގެ ބައިވެރިން ވަނީ ސަރުކާރަށް 13 ޑިމާންޑެއް ކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެ ޑިމާންޑްތަކަކީ ސަރުކާރާ ގުޅުން ހުރި ކަންކަން ނޫން ކަމަށާއި އެެހެންކަމުން ސަރުކާރަށް ކޮށްދެވޭނެ ކަމެއެއް ނެތް ކަމަށެވެ.