އެކްސިޑެންޓުވި މާބަނޑު މީހާ މަރުވެއްޖެ

މިދިޔަ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް ޒަހަމްތަކެއް ލިބުމުން، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މާބަނޑު އަންހެން މީހާ މިއަދު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ބަނޑަށް ދޮޅު މަސްވެފައިވާ އެ މާބަނޑު އަންހެން މީހާ މަރުވީ މިއަދު ހެނދުނު 7:10 އެހާކަންހާއިރު ކަމަށެވެ. އެ އަންހެން މީހާގެ ހަށިގަނޑު އާ ސަހަރާއަށް މިހާރު ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު ރޭ މާފަންނު ކެނެރީ މަގުގައި ހިނގި އެ އެކްސިޑެންޓުގައި އޭނާގެ ފިރިހެން ދަރިފުޅަށް ވެސް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އެ ކުއްޖާގެ ބޯ ދުޅަވެ، ފައި ކަށި މައްޗާއި އޮޅަބޮށި މަށައިގެން ގޮސްފައިވާ ކަމަށްވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު