މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް "މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެ"

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެއްޖެ" އެވެ.

ފުލުހުންގެ މަސްދަރަކުން ސަން އަށް އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އިން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އާޒިމްގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރި އިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް މުޒާހަރާއެއްގެ ތެރެއިން ފުލުހުން އާޒިމް ހައްޔަރުކުރި އެވެ. އެފަހަރު އޭނާގެ ކުޑަކަމުދާއެއްޗިހި ނެގުމަށް ފުލުހުން އުޅުމުން އާޒިމް އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު