އަބްދުﷲ ގާޒީ ޗުއްޓީ ނަންގަވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ ނަންގަވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު 'ސަން' އަށް ވިދާޅުވީ އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ އެމަނިކުފާނު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ފަސް ބޭފުޅެއްގެ މައްޗަށް އެ ކޯޓުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ، އެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު ޗުއްޓީގައި ހުންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

"އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ މިއަދުން ފެށިގެން ޗުއްޓީ ނަންގަވާފައި. އިސް ގާޒީ ޗުއްޓީ ނެންގެވީ ގާނޫނާ ޚިލާފަށް އިސްގާޒީ ހައްޔަރުކުރި މައްސަލައިގައި ފަސް ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ، މިހާލަތުގައި ޗުއްޓީގައި ހުންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ފެނިވަޑައިގަންނަވާތީ،" މަނިކު ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ރިޓަޔާޑު ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު