މިސްރުގެ ރައްޔިތުން ވެރިކަން ޙަވާލުކުރަން ބެޭނުންވާ ފަރާތަކާ ހަވާލުކުރުމުގައި އޮތް ހުރަހަކަށް ސިފައިން ނުވާނެ: ސިފައިންގެ އެެންމެ މަތީ މަޖިލިސް

ޤާހިރާ: މިސްރުގެ ރައްޔިތުން މިސްރުގެ ވެރިކަން ޝަރުޢީ ގޮތުން ޙަވާލުކުރަންޖެހޭ ފަރާތަކާ ހަވާލުކުރުމުގައި އޮތް ހުރަހަކަށް ސިފައިން ނުވާނެ ކަމަށް މިސްރުގެ ވެރިކަން މިވަގުތު ޙަވާލުކުރެވިިފައިވާ އެޤައުމުގެ ސިފައިންގެ އެންމެ މަތީ މަޖިލިސް (ސްޕްރީމް ކޮމާންޑް) އިން ބުނެފިއެވެ.

މިމަޖިލީހުން ރޭގެ ވަރަށް ދަންގަޑިއެއްގައި ނެރުނު ބަޔާނެއް ބުނިގޮތުގައި މިސްރުގެ ރައްޔިތުން އެދޭ ފަރާތަކާ ވެރިކަން ޙަވާލުކުރުމުގައި އެމަޖިލިސް ޖާމިނުވާނެއެވެ.

މިބަޔާނުގައި، މަޤާމުން ދުރުކުރެވިފައިވާ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ރައްޔިތުން ގެނައި ރިވޮލިއުޝަންގައި ހަރަކާތްތެރިވަނިކޮށް ޝަހީދުކޮށްލެވުނު މިސްރުގެ 300 އަށްވުރެ ގިނަ ރައްޔިތުންގެ ފުރާނަތަކަށް ހެޔޮދުޢާކޮށްފައިވެއެވެ. އަދި މުބާރަކް ޤައުމަށް ކޮށްދެއްވި ޚިދްމަތްތަކުގެ އަގުވެސް މިބަޔާނުގައި ވަޒަންކޮށްފައިވެއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު