ކަރަންޓު ސަބްސިޑީއަށް އަލުން ރަޖިސްޓަރީ ކުރަން ހުޅުވާލަނީ

ކަރަންޓު ސަބްސިޑީއަށް އަލުން ރަޖިސްޓަރީ ކުރަން ނިންމައި، އަންނަމަހު 10 ވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލަން އެންސްޕާ އިން ނިންމައިފި އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އަންނަ ފެބްރުއަރީމަހު 10 ވަނަ ދުވަހުން ފެށިގެން ދެމަސްދުވަހުގެ މުއްދަތަކަށް ސަބްސިޑީ ރީރަޖިސްތްރޭޝަން އަށް ހުޅުވާލަން ނިންމާފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު 5:00 ގެ ކުރިން ކަރަންޓު ސަބްސިޑީ އަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ސަބްސިޑީ ދިނުން ހުއްޓޭނެ ކަމަށެވެ.

ބޭނުމަކީ ސަބްސިޑީގެ ތެރޭގައި ނުހިމެނޭ ފަރާތްތައް ޝާމިލްކުރުމާއި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ވެސް ގިނަ ބަޔަކަށް ސަބްސިޑީ ލިބެނެގޮތް ހެދުން ކަމަށެވެ.

"މީގެ ބޭނުމަކީ އަޅުގަނޑުމެންނަށް ފާހަގަވޭ މުއްސަނދިންނާ ފަގީރުންނަށް ސަބްސިޑި ލިބެމުންދަނީ ހަމަހަމަކޮށް ކަން. އެހެންވީމަ އެ ދެބަޔަށް ފަރަގު ގެނެސް މުއްސަނދިންނާ ފަގީރުން ތަފާތުކޮށް އެ ލިބެންޖެހޭ ފަރާތްތަކަށް ސަބްސިޑީ ފޯރުކޮށްދިނުން މީގެ ބޭނުމަކީ،" މުޖްތަބާ ވިދާޅުވި އެވެ.

މުޖްތަބާ ވިދާޅުވީ، މިހާރުވެސް ސަބްސިޑީ ލިބޭ ފަރާތްތަކުގެ ތެރެއިން 84 ޕަސެންޓް މީހުންނަކީ މާލޭ ސަރަހައްދުން ސަބްސިޑީ ލިބޭ މީހުން ކަމަށެވެ. ބާކީ އޮތް 6 ޕަސެންޓަސް ސަބްސިޑީ ނުލިބެނީ ކޮންމެވެސް ގޮތަކުން ރަޖިސްޓާ ނުވެވި އޮތުމުން ކަމަށާއި މިހާރު ހުޅުވާލި ފުރުސަތުގައި އެ ފަރާތްތަކަށް ވެސް ރަޖިސްޓަރ ކުރެވޭނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

އަތޮޅުތެރޭގައި ފެނަކައިން ކަރަންޓުގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ ކޮމާޝަލް މީޓަރުތައް ކަމަށާއި އެއީ ކަރަންޓު ސަބްސިޑީ ލިބެންޖެހޭ ފަރާތްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ކޮމާޝަލް މީޓަރުތައް އޭގެ ތެރެއިން އެކަހެރިކޮށް ހަމައެކަނި ޑޮމެސްޓިކް މީތަރުތައް، ގޭގެއަށް، އަދި އާންމު ފަރުދުންނަށް ސަބްސިޑީ ލިބޭނެގޮތް މަގުފަހިކުރުން ކަމަށް މުޖްތަބާ ވިދާޅުވި އެވެ.

ކަރަންޓު ސަބްސިޑީ އަށް އަލުން ރަޖިސްޓަރީ ކުރަން ހުޅުވާލާފައިވާ މި ފުރުސަތުގައި ފުޑް ސަބްސިޑީ އަށް ވެސް ރަޖިސްޓާ ކުރެވޭނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު