ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް، ލިވިން އަދި ސާވިސް އެލަވަނސް ދިނުމަށް ސުޕުރީމް ކޯޓުން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވާ ސުޕުރީމު ކޯޓުން މިރޭ ނެރުނު ސާއިކުއުލާއެއްގައި ބުނެފައި ވަނީ ލިވިން އެލަވަންސް ދޭ ގޮތަށް ނިންމީ، އެ ފަރާތްތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަމުން ދަނީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތި މިނިވަން ކަމާއެކުކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މިނިވަންކަން ކަށަވަރު ކުރުމަކީ، ސުޕުރީމި ކޯޓުގެ ޒިންމާއެއްކަމަށް ވެސް އެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.
މީގެ ކުރިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދެމުން ގެންގޮސްފައި ވަނީ ސާވިސް އެލަވަންސް އެކަންޏެވެ.