ފެންނަ ނުފެންނަ ވޯޓަކުން ރ. މީދޫ އިންޖީނުގެ ސަރުކާރަށް

ރ. މީދޫ ރައްޔިތުންގެ އިންޖީނުގެ ސަރުކާރުގެ ގާބިލް ފަރާތަކާ ހަވާލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން މިރޭ ފާސްކޮށްފި އެވެ.

މީދޫން ވާހަކަދެއްކި މީހަކު ބުނީ މިރޭ 8:45 އިން 11:00 އާ ދެމެދު ނެގި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 350 މީހުން ވޯޓުދީފައި ވަނީ ސަރުކާރުގެ ގާބިލް ފަރާތަކާ އިންޖީނުގެ ހަވާލުކުރުމަށް ކަމަށެވެ. އަދި ސަރުކާރާ އިންޖީނުގެ ހަވާލުކުރަން ނުފެންނަ ކަމަށް 17 މީހަކު ވޯޓު ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާތަނަށް މީދޫ އިންޖީނުގެ ހިންގަމުން އައީ އެރަށު ކައުންސިލުންނެވެ. އިންޖީނުގެ ސަރުކާރާ ހަވާލުކުރަން ފެނޭތޯ ވޯޓަށް އަހާފައި މިވަނީ ކޮންމެ މަހަކު ވެސް އިންޖީނުގެއަށް މާލީގޮތުން އެތަކެއް ގެއްލުންވަމުންދާތީ އާއި އިންޖީނުތައް މަރާމާތު ކުރެވޭނެ ގޮތެއް ނެތްއިރު ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާތީ، ރައްޔިތުން އެގޮތަށް ކައުންސިލްގައި އެދުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު