އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރަން ޖޭއެސްސީން ފާސްކޮށްފި

ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާސްކޮށްފި އެވެ.

އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމާނީ މިރޭ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އޭނާ އުއްތަމަ ފަނޑިތާރުކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ މިހާތަނަށް އެމަގާމުގައި ހުންނެވި އަހްމަދު ފާއިޒު ފާއިޒު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.

އަބްދުﷲ ސައީދު އަކީ އިންތިގާލީ ސުޕްރީމް ކޯޓުގައި ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު