މެމްބަރު އަބްދުﷲ ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖަހައިފި އެވެ.

ރިޔާޒުގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ އޭނާގެ ގަޔަށް ކަޅުތެޔޮޖެހީ ސައިކަލްގައި މަޖިލީހަށް ވަޑައިގަންނަވަނިކޮށް ޖުވޭސް ކެފޭ ކައިރިން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އަބްދުﷲ ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނާއިބް ލީޑަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު