އިއްތިހާދު ފްލައިޓަކުން ތެޔޮ ލީކްވުމުން ރަންވޭ ބަންދު ކޮށްފި

އިއްތިހާދު އެއާވޭސްގެ ފްލައިޓެއް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ތެޔޮ ލީކްވުމުގެ ސަބަބުން ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އެއާޕޯޓްގެ އޮފިޝަލަކު ސަން އަށް ދެންމެ ވިދާޅުވީ، 15.35 އެހާކަންހާ އިރު ޖެއްސި އޭ330 އެއާބަސް ފްލައިޓަކުން އެއާޕޯޓް ރަންވޭ އަށް "ހައިޑުރޯލިކް" ތެޔޮ ލީކްވުމާ ގުޅިގެން އެކަން ހައްލުކުރުމަށް ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އަލުން ރަންވޭ ހުޅުވޭނެ އިރެއް އޭނާ ވިދާޅެއްނުވެ އެވެ. ނަމަވެސް ވިދާޅުވީ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރަންވޭ ހުޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން ބައެއް ފްލައިޓްތަށް ޑިލޭވެފައިވާ ވެ އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ވެސް ވަނީ އިއްތިހާދު ފްލައިޓަކުން އެމެޖެންސީގައި ޖެއްސުމާ ގުޅިގެން ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އެ ދުވަހު އަލުން އެއާޕޯޓް ހުޅުވުނީ ގަޑިއެއްހާ އިރެއްފަހުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު