އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ރިސޯޓެއް ރާއްޖޭގައި ތަރައްގީކޮށްފި

ހަމައެކަނި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައިގެން ބޭނުންކުރާ ރާއްޖޭގެ ފުރަތަމަ ރިސޯޓް ތަރައްގީކޮށް ނޫސްވެރިންނަށް ދައްކާލައިފި އެވެ.

ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ހޭދަކޮށްގެން ކ. ގަސްފިނޮޅުގައި ތަރައްގީކޮށްފައިވާ އެ ރިސޯޓަކީ ޗަންޕާ ބްރަދާސްގެ ރިސޯޓެކެވެ. އެ ރިސޯޓު އަނގާރަ ދުވަހު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދައްކާލާފައެވެ.
ގަސް ފިނޮޅު--- ފޮޓޯ: ޗަމްޕާ ބްރަދާސް

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު ހުސައިން އަފީފް ވިދާޅުވީ، އެ ރިސޯޓަކީ ދެ އަހަރު ދުވަހުގެ މަސައްކަތުން ތަރައްގީކޮށްފައިވާ ރިސޯޓެއް ކަމަށާއި އެއީ ވަރަށް ވެސް ބޮޑު ޗެލެންޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ރިސޯޓު ހިންގާނީ ކްލަބް މެޑުން ކަމަށާއި އަންނަ މަހުގެ ފުރަތަމަ ދުވަހު އެ މީހުންނާ ރިސޯޓު ހަވާލުކުރާނެ ކަމަށެވެ.
ގަސް ފިނޮޅު ރިސޯޓުގައި ހުންނަ ކަރަންޓު ބަލަހައްޓާ އިންޖީނުގެ ތެރެއިން--- ފޮޓޯ: ޗަމްޕާ ބްރަދާސް

ޗަންޕާ ބްރަދާސްގެ އޮފިޝަލަކު ވިދާޅުވީ، އެ ރިސޯޓުގެ ޖެޓީގައާއި ވޯޓާ ވިލާތަކަށް ދާ މަގުގައި ގާތްގަނޑަކަށް 6،000 އަކަ މީޓަރަށް ސޯލާ ޕެނަލްތައް ބަހައްޓާފައިވާ ކަމަށާއި އެ ޕެނަލްތަކުން ދުވާލަކު 1.6 މެގަވޮޓްގެ ކަރަންޓު އުފައްދާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު