މޫސުން ގޯސްވަމުންދާތީ މެޓުން ޔެލޯ އެލާޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ޔެލޯއެލާޓް ނެރެފިއެވެ. ޔެލޯއެލާޓަކީ މޫސުން އިތުރަށް ގޯސްވަމުންދާތީ މެޓް އޮފީހުން ނެރޭ އެލާޓެކެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ވ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދު ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެންމެފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އާންމުކޮށް މުޅި ރާއްޖެއަށް ވިއްސާރަކޮށް ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިއްސާރައިގައި ކަނޑު ގަދަވާނެތީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުކަށްދީގެން ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު