މިއީ ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއް: އުމަރު

އިއްޔެގެ ވަގުތެއްގައި މާފުށީ ޖަލުން ދެ ގައިދީޔަކު ފިލާފައިވާ އިރު އެއީ ޖަލުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު ފުރުސަތެއްކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ ގައިދީއެއް ފިލުމަކީ ޖަލު ބަލަހައްޓާ މީހުންނަށް ޖަލުގައި ހުރި ބާގަނޑުތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ޖަލުން ފިލާފަވާ ގައިދީން ހޯދަމުންދާ އިރު ޖަލުގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.


މާފުށީ ޖަލުގެ ތޭރިތައް ކީހާލައިގެން ފިލި ދެ ގައިދީން ކަމަށްވާ ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް،23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، 26، ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާ ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމުގެ މަަސައްކަތް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

އެ ދެމީހުން ޖަލުގެ ތޭރިތައް ކީހައިލައިގެން ރޭ ފިލިކަން އެނގުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަލުގައި އެމީހުން ތިބޭ ގޮޅި ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ތެރެއިން ޝަހުމް އަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު