ލާލޭ އިންޓަނޭޝަނަލް ސްކޫލް ބޯޑިން ސްކޫލަކަށް ހެދުމަށް ހަވާލުކޮށްފި

ހުޅުމާލޭގައި ހިންގާ ލާލޭ ޔޫތު ސުކޫލް ބޯޑިން ސްކޫލަކަށް ހެދުމަށް އެ ސުކޫލް މިހާރު ވެސް ހިންގާ، ތުރުކީގެ ބިޒް އެޓޯލް ޕުރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ހަފްލާއެއްގައި ސަރުކާރުގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ. ބިޒް އެޓޯލްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މެހްމެޓް އާކިފް އެރޮދޮގާން އެވެ.

އެ ހަފްލާގައި ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މިހާރުގެ ލަލޭ ސްކޫލާ އިންވެގެން އޮތް ބިމުގައި ބޯޑިން ސުކޫލެއް އެޅުމަށް ހަވާލުކޮށްފައިވާ އިރު މިހާރު ލާލޭ ސްކޫލް ހިންގާ ފަރީދިއްޔާ ސުކޫލް އޭރުން ދައުލަތަށް ލިބޭނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ބޯޑިން ސުކޫލް ހިންގުމަށް 25 އަހަރުގެ މުއްދަތަކަށް ބިޒް އެޓޯލްސް އަށް ދީފައިވާ އިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސްކޫލް އިމާާރާތްކޮށް ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ބޯޑިން ސްކޫލުގައި ކިޔަވާ ކުދިންގެ ތެރެއިން 10 ޕަސެންޓް ދިވެހި ކުދިންނަށް ސްކޮލާޝިފް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ އެއްބަސްވުމުގެ ދަށުން އިމާރާތް ކުރަނީ ކިހާވަރެއްގެ އިމާރާތެއްތޯ ސުވާލު ކުރުމުން ޖަވާބް ވަނީ ނުލިބިފަ އެވެ.

ބިޒް އެޓޯލްސް ކުންފުނީގެ މެނޭޖިން ޑިރެކްޓާ މެހްމެޓް އާކިފް އެރޮދޮގާން ވިދާޅުވީ މިއީ ތުރުކީއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް އެޅޭ "މައިލް ސުޓޯމް"އެއް ކަމަށެވެ.

ތުރުކީގެ ކުންފުންޏަކުން ހިންގާ ލާލޭ އިންޓަނޭޝަނަލް ސުކޫލް ތައާރަފްކޮށް ކިޔަވައިދޭން ފަށާފައި ވަނީ 2008 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު