އީދަށް މޫސުން ރަނގަޅުވާނެ: މެޓް އޮފީސް

މިއަހަރުގެ އަޟުހާ އީދު ދުވަސް ކަމުގައިވާ އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ލަފާ ކުރެވޭގޮތުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން އީދަށް ކުރާ ދަތުރުތައް ވަނީ ކޮންމެވެސް ވަރަކަށް މެދު ކެނޑިފައެވެ.

މިދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސްވެ، ކަނޑު ގަދަވެ އަދި ވިއްސާރަ ދުވަސް ވަރަކަށް ވާތީ މޫސުމަށް ބަލައިގެން ކަނޑު ދަތުރުތައް ކުރުމަށް ސިފައިންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު