ވިލުފުށީގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ

ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި ތ. ވިލުފުށިން ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 3:40 އެހައިކަންހާއިރު ކަމަށެވެ. އަދި އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ޝާފިއު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ސަރުކާރުން އެރަށުގައި އިމާރާތް ކުރަމުންދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުން އަންނަ ތަނުގައި ކަމަށެވެ. ނަމަވެސް އެ ހާދިސާގެ ތަފްސީލީ މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު