ރައީސްގެ އަނބިކަނބަލުން ފޭދޫ ސްކޫލްގެ ޓީޗަރުންނަށް 20 ލެޕްޓޮޕް ހަދިޔާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އައްޑޫ ސިޓީގެ ފޭދޫ ސްކޫލްގެ ޓީޗަރުންނަށް 20 ލެޕްޓޮޕް ހަދިޔާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރޭ ފޭދޫ ބަނދަރު ސަރަޙައްދުގައި އޮތް ރަސްމިއްޔާތުގައި، ފޭދޫ ސްކޫލް ޓީޗަރުންގެ ފަރާތުން އެ ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ، ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްޠަފާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ޒަމާނީ ތައުލީމްގައި ލެޕްޓޮޕު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ލެޕްޓޮޕް ހަދިޔާ ކުރެއްވުމުން ދޭހަކޮށްދެނީ އެކަމަނާގެ ހިތްޕުޅުގައި ތައުލީމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާފައިވާކަން ކަމުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު