ރޯޑް ޓްރެފިކް ސިސްޓަމްގެ ސިމް ކާޑުތަކުގެ ބޭނުމުގައި ވަގުން ޖޮހަނެސްބާގުގެ ޓްރެފިކްލައިޓްތަކުގެ ދުވަސް ދުއްވާލައިފި

ދެކުނު އެފްރިކާގެ ޖޮހަނެސްބާގުގައި ދުއްވާއެއްޗެއްސާއި ހިނގާބިނގާވެ އުޅޭ މީހުންނަށް މަގުދައްކައިދީ، ޓްރެފިކް ބެލެހެއްޓުމަށްޓަކައި ބޭނުންކުރެވޭ 2000 އަށްވުރެ ގިނަ ޓްރެފިކް ލައިޓުތަކުގެތެރޭގައި ހަސަތޭކަ ހައި ޓެކް ޓްރެފިކް ލައިޓު ބެހެއްޓިފައިވެއެވެ. މިއިން ކޮންމެ ލައިޓެއްގައި ސެލިއުލާ މޮޑެމް އަކާއި ޖީޕީއެސް ޗިފެއް ހަރުކުރެވިފައިވެއެވެ. މި ޗިޕްތައް ނުވަތަ ސަބްސްކްރައިބާ އައިޑެންޓިޓީ މޮޑިއުލް ނުވަތަ ސިމް ކާޑުތަކުގެ ވަޒީފާއަކީ ޓްރެފިކް ލައިޓަކަށް މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ޖޮހަނެސްބާގް ރޯޑް އޭޖެއްސީއަށް އެންގުމެވެ.

ނަމަވެސް ދާދިފަހުން ޖޭއާރުއޭ އަށް ދޮންކަޅުވެސް އަންގާނުލައި ވަގުންނާއި ފޭރޭމީހުން ވަނީ މީގެތެރެއިން 400 ޓްރެފިކްލައިޓްގެ ސިމް ކާޑުތައް ވަގަށް ނަގައިފައެވެ. އަދި ވާނުވާ ރޭކާލީއިރު ސިމް ކާޑުތަކުގެ ބޭނުންކޮށް އެތައް ހާސް ޑޮލަރެއް ބިލްތަކަށް ވަނީ އަރާފަ އެވެ.

މި ކަމާއިގުޅިގެން ޖޮހަނެސްބާގުގެ ބައެއް ހިސާބުތަކުގައި ޓްރެފިކް ތޮއްޖެހި، އެކްސިޑެންޓުތައް ހިނގާފައިވާއިރު، ވަގުންނަށް އެމީހުންގެ މަގުސަދު ޙާސިލްވުމަށް މަގުފަހިވެފައިވަނީ، ޓްރެފިކް ލައިޓްތަކުގައި ޖީއެސްއެމް ސިމްކާޑު ޓެކްނޮލޮޖީ ޤާއިމްކުރުމުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ ދޯދިޔާ ކަމުންކަށް ވަނީ ހާމަވެފަ އެވެ.

އެންމެ ފާހަގަކޮށްލެވެނީ އެސްއެމްއެސް ފަދަ ޑާޓާ މުއާސަލާތުގެ ކުޑަ މިންވަރަކުންވެސް ޤާއިމްކުރެވެން އޮތް މި ސިސްޓަމްގައި ބޭނުންކޮށްފައިވާ ސިމްކާޑުތަށް ޖީއެސްއެމް ންޓްވާކްގައި ލިބިގަނެވޭ ހުރިހާ ހިދުމަތަކަށް އެއްވެސް އިމެއްނެތި ހުޅުވައިލެވިފައިވުމެވެ. އަދި މިފަދަ ހައި ޓެކް ޓްރެފިކް ލައިޓްތަކަށް ޙިމާޔަތްދިނުމަށް އެކަށީގެންވާ ސެކިއުރިޓީ ނިޒާމެއް ޤާއިމްކުރެވިފައި ނުވުން ވެސް ސުވާލު އުފެދެ އެވެ.

ބީބީސީ އަށް މަޢުލޫމާތު ދެއްވަމުން ޖޮހަނެސްބާގް ރޯޑް އޭޖެންސީގެ ތަރުޖަމާނު ތުލާނީ މަޚުބޭލާ ވިދާޅުވީ ރޯޑް ޓްރެފިކް ސިސްޓަމުގައި ބޭނުންކުރާ 2000 އަށްވުރެ ގިނަ ލައިޓުތަކުގެ ތެރެއިން ޖީއެސްއެމް ކާޑު ޓެކްނޮލޮޖީ ޤާއިމުކުރެވިފައިވަނީ ކޮންކޮން ލައިޓުތަކެއްގައިކަން އެނގޭނީ ހަމައެކަނި ޖޭއާރުސީ އަށާއި ކާޑު ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތުގައި އުޅުނު ސަޕްލަޔަރަށް ކަމަށެވެ. އަދި މި ޢަމަލަކީ ވަރަށް ރޭވުންތެރިކަމާއިއެކު ގުޅިގެން ހިންގާފައިވާ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވައި، މިކަމުގައި ޖޭއާރުސީގެ މުވައްޒަފުންނާއި އޮފިޝަލުންގެ އަތެއް ވޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

މި ކަމުގައި ލިބުނު ގެއްލުންތަކަށް ބަލައިލާއިރު، މައްސަލަޖެހިފައިވާ ލައިޓުތައް މަރާމާތުކުރުމަށް އެކަނިވެސް 1.3 މިލިއަން ޑޮލަރު ޚަރަދުވެ އެވެ. އަދި ވަގުންގެ އަތްދަށަށް ސިމްކާޑުތައް އެރިކަން އެނގުނު ހިސާބުން ކާޑުތަށް ބްލޮކްކޮށްފައި ވީނަމަވެސް، އޭރު ވަގުން ވަނީ 150 ވުރެ ގިނަ ސިމް ބޭނުންކޮށް ބައެއް ސިމްކާޑުތަކުގެ ބިލަށް 4500 ޑޮލަރުގެ ބޮޑެތި އަރާފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު