ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލި މީހަކު އަރުވާލުމަށް ހުކުމް ކޮށްފި

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލި މީހަކު ދެ އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމް ކޮށްފި އެވެ.

މ. އާސިޔާނާ ވިލާ މުހައްމަދު ނައީމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ޗެކަކުން މަކަރާއި ހީލަތުން 25،700 ރުފިޔާ ނެގި މައްސަލައަކާ ގުޅިގެންނެވެ.

އޭނާ މަކަރާއި ހީލަތުން ފައިސާ ނަގާފައި ވަނީ ސ. ހިތަދޫ، ރަވްހާ މަންސޫރު މޫސާ ދޫކޮށްފައިވާ ދޫކޮށްފައިވާ ޗެކަކުން މަކަރާއި ހީލަތުން ފައިސާ އަތުލައިގެންފައިވާތީ އެވެ.

މަކަރާއި ހީލަތުން ފައިސާ އަތުލީ ސ. ހިތަދޫ، ރަވްހާ މަންސޫރު މޫސާ ކަމަށް ޚަބަރުގައި ކުރިން ލިޔެވިފައި ވަނީ އޮޅުމަކުންނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެ ފައިސާ މަކަރާއި ހީލަތުން އޭނާ ނަގާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު