މަސްތުވާތަކެތި ގެންގުޅުނު މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މަސްތުވާތަކެތި ގެންގުޅުނު މީހަކު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގދ. ގައްދޫ ފަހާގޭ އިބްރާހީމް ނާސިރު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 އެހައިކަންހާއިރު އޭނާ މަސްތުވާތަކެތި ގެންގުޅުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެންސީޕާކްތެރޭގައި އިބްރާހީމް ނާސިރު ހުއްޓައި ފުލުހުން އޭނާއާ ދިމާލަށް ހިނގައިގަތުމުން، ބިންމައްޗަށް ސެލޯފިން ކޮޅެއް އޭނާ އެއްލާލި ކަމަށެވެ. އަދި އޭގައިވާ ތަކެތި ތަހުލީލު ކުރި އިރު 0.0396 ގްރާމް ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި 0.1714 ގްރާމް ކެނަބިނޯލް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.

އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރުމަށް ގެންގުޅުނު މަސްތުވާތަކެތި ކަމަށް ބުނެ ދައުލަތުން ކުރި ދައުވާއަށް އިބްރާހީމް ނާސިރު އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު