އުމަރުގެ ޝަރީއަތް އަބްދުﷲ ގާޒީ ސެކްޝަންގައި ތާވަލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސެކްޝަނުގައި ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފި އެވެ.

"ފަންސާސް ހަރުގަނޑު" ބޭނުންކޮށްގެން ސިފައިންގެ މައި އިދާރާ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް މުޒާހަރާއެއްގައި އުމަރު ވާހަކަފު ދެއްކެވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރި މައްސަލަ މިހާތަނަށް ބައްލަވަމުން ގެންދެވީ ގާޒީ އަބްދުﷲ ދީދީ އެވެ.

ގާޒީ އަބްދުﷲ ދީދީ މައްސަލަ ބެއްލެވިއިރު އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އުމަރު ވަނީ އެ ދައުވާ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާއެއް ނަންގަވާފަ އެވެ. ނަމަވެސް ގާޒީ ނިންމެވީ އެއީ އިޖުރާއީ ނުކުތާއެއް ކަމަށް ބަލައިނުގަތުމަށެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުﷲ ދީދީ އަމަލުކުރެއްވި ގޮތްތަކަށް ބަލާއިރު އޭނައާ މެދު އިންސާފުން ޝަރީއަތް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އުމަރު ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނަށާއި އަބްދުﷲ ގާޒީއަށް ސިޓީއެއް ފޮނުވާފަ އެވެ. އޭގެ ފަހުން މި މަހުގެ ފުރަތަމަ ދުވަހު އެ މައްސަލައިގެ އަޑު އެހުމެއް ތާވަލް ކުރި އެވެ. ނަމަވެސް ގާޒީ ބަދަލުކުރުމާ މެދު ގޮތެއް ނުނިމޭތީ އެ ދުވަހުގެ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު