ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕުންގެ ގޮތުގައި ޖަމީލާއި އަމީތު

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕުންގެ ގޮތުގައި ދެ ބޭފުޅަކު މިއަދު ހޮވައިފި އެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ޗީފް ވިޕުންގެގޮތުގައި ހޮއްވަވާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކަމަށެވެ.

އެ ދެ ބޭފުޅުން ޗީފް ވިޕުންގެ ގޮތުގައި ހޮވާފައި ވަނީ މިއަދު ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ނުވަ ވިޕުންގެ މެދުގައި ނެގި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ޖަމީލާއި އަމީތުގެ އިތުރުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވިޕުންގެ ގޮތުގައި ތިއްބަވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު