ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ދެ ބޭފުޅަކު ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ދެ ބޭފުޅަކު މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ މަގާމުން ވަކިކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިކްރާމް ހަސަން އާއި އެގްޒެކެޓިވް ކޯޑިނޭޓަރުގެ ހ. ގާދޫ، އަހްމަދު އަޒީމް ކަމަށެވެ.

އެ ދެބޭފުޅުންގެ ތެރެއިން އިކްރާމަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު