ސަރުކާރުގެ "ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް ތުނބުރި" އަށް މަޓާޓޯ ތާއީދުކޮށްފި

މިހާރުގެ ސަރުކާރުން އިއުލާނު ކޮށްފައިވާ ފަޅުރަށްތަކުގައި ދިވެހި އިންވެސްޓަރުން ގެސްޓް ހައުސް އަޅައިގެން، ޓޫރިސްޓް ވިޔަފާރި ކުރުމުގެ މަޝްރޫއު، "ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް" އަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ތާއީދުކޮށްފި އެވެ.

މަޓާޓޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލ. އަތޮޅުގެ ތުނބުރި ނަމަކަށް ކިޔާ ފަޅުރަށް ގެސްޓްހައުސް ރިސޯޓެއް ގޮތަށް ތަރަށްގީ ކުރަން ސަރުކާރުން ފެށި ޕްރޮޖެކްޓަކީ ރާއްޖޭގައި ތިބި އިންވެސްޓަރުންނަށް އިންވެސްޓްކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ތުނބުރި ޕްރޮޖެކްޓްގައި މަޓާޓޯ ކަހަލަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުންފުނިތަކަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން ހަމައެކަނި ގެސްޓްހައުސް ތަރައްގީ ކުރުމުގެ ބަދަލުގައި އެކޮމޮޑޭޝަން ތައްޔާރު ކުރުމާއި ރެސްޓޯރަންޓްގެ އިތުރުން ޑައިވް ސެންޓަރުތަކާއި މޫދު ކުޅިވަރު އިތުރަށް ތަރަށްގީ ކުރުމަށް އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ.

މަޓާޓޯ އަކީ މިހާރު ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ހިމެނޭ އެންމެ ބޮޑު އެއް އެންޖީއޯ ކަމުން އެ އެންޖީއޯގެ މެންބަރުންނަށް އަބަދު ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް މަޓާޓޯ އިން ބުނެ އެވެ. އަދި ސަރުކާރުން ފެށި އާ ޕްރޮޖެކްޓަކީ އެކަމަށް ހުޅުވިގެން ދިޔަ އަލިމަގެއް ކަމަށް މަޓާޓޯ އިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު