ރޯދަމަހާ ދިމާކޮށް ޖޭޕީގެ ޒުވާނުންގެ ލީގުގެ ހަރަކާތްތައް ފަށަނީ

ރަމަޟާންމަހާ ދިމާކޮށް ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ހަރަކާތްތައް ފެށުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް މޫސާ އަންވަރު ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށް ގެންދަނީ ޔޫތު ރަމަޟާން ކޭންޕްގެ ނަމުގައި ކަމަށެވެ. އެގޮތުން ރޯދަ މަސް ނިމެންދެން ކޮންމެ ހަފްތާއަކު އެއްރޭ ދީނީ ދަރުސެއް ބޭއްވުމަށް ނިންމާފައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދަރުސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ފޯރަމެއްގެ ގޮތުގައި ކަމަށާއި ފޯރަމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމަށެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން އެ ޕާޓީގެ މައި ޖަގަހަ ކަމުގައިވާ މާފަންނު ކުނޫޒުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ހަރަކާތްތަކުގައި އެ ޕާޓީގެ މެމްބަރުގެ ގޮތުގައި ނުހިމެނޭ ޒުވާނުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯލްޑް ކަޕް ނިމުމަށްފަހު ޕީއެސްފޯ ފްޓުބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަގުހުރި އިނާމްތައް ހުށަހެޅިފައިވާ އެ މުބާރާތުގައި ބައިވެރިވެވޭނީ ތިން ކުޅުންތެރިން ހިމެނޭ ޓީމްތަކަށް ކަމަށެވެ.

މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް އަންނަ ހަތްފާގެ އާދީއްތަ ދުވަހުން ފެށިހެން 10 ޖުލައިގެ ނިޔަލަށް މާފަންނު ކުނޫޒުން ލިބިން ހުންނާނެ ކަމަށް ވެސް މޫސާ އަންވަރު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު